ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)398-C/398/2019/5
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 28 ފެބުރުވަރީ 2019 14:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މުންޑޫ ބަންޑާރަ ގޯތިތައް ފިޔަވާ ރަށުގެ އެހެނިހެން ސަރަޙައްދުތަކުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހުގެ މިލްކުވެރިކަން ސާބިތުކުރުމާ ގުޅޭ(.)

ލ.މުންޑޫ އިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަގޯތިތައް ފިޔަވާ ރަށުގެ އެހެނިހެން ސަރަޙައްދުތަކުގައި ހުރި އަމިއްލަ މީހުންގެ ރުއްގަސްތައް 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެރުއްގަސްތަކުގެ މިލްކުވެރިކަން  ސާބިތުކޮށް، މިލްކުވެރިކަން ސާބިތުކުރިކަމުގެ ލިޔުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތު ތެރޭގައި މިލްކުވެރިކަން ސާބިތުކޮށްފައިވާ ރުއްގަހުގެ ބަދަލު ބޭނުންވާ ފަރާތްތަކަށް އެބަދަލްހޯދުމުގެ މަސައްކަތް ކުރިޔައްގެންދެއްވުން އެދެމެވެ.

             އަދި މި ތާރީޚްގެ ނިޔަލަށް މިލްކުވެރިކަން ސާބިތުކުރިކަމުގެ ލިޔުން ހުށަނާޅާ ފަރާތްތަކުގެ ރުއްގަސްތަކަކީ ބަންޑާރަ ރުއްގަސްކަމުގައި ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭފަރާތްތަކުގައި ދަންނަވައިގެން ކުރިޔައް ގެންދާނެ ވާހަކަ ދެންނެވީމެވެ.

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޖަނަވަރީ 2019