ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS-134/I/2019/01
2019ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 26 ނޮވެމްބަރ 2018ގައި ކުރި ނަމްބަރ: GS-134/I/2018/12 އިޢުލާނާއި ގުޅިގެން ކޮލިފައިވާ ތިން ފަރާތް ހުށައަޅާފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، 2019ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2019 ވާ އަންގާރ ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 10:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖުމާދިލްއައްވަލް 1440
13 ޖެނުއަރީ 2019