މަސައްކަތް
ނަންބަރު: (IUL)233-CA/233/2018/18
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 10 ޑިސެންބަރު 2018 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވާ ފަރާތްތަކުން، 2018 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2018 ޑިސެމްބަރ 10 ވަނަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން އެނގޭނޭ ލިޔުމަކާއެކު ބޭފުޅަކު ފޮނުވިދާނެ އެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

21 ނޮވެންބަރު 2018