ކުއްޔަށް ދިނުން
ނަންބަރު: (IUL)303-AS/303/2018/53:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 25 ނޮވެންބަރު 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން 10 އަހަރު ދުވަހަށް ކުއްޔައް ދޫކުރުމާއި ގުޅޭ

                                            `

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                      ނަމްބަރ: IUL)303-AS/303/2018/53)

 އިޢުލާން

މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން 10 އަހަރު ދުވަހަށް ކުއްޔައް ދޫކުރުމާއި ގުޅޭ

                                 މަހަލްގޭގެ ދެކުނުގައިވާ ހުސްބިން 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔައް ދޫކުރުމަށް ނިންމާފައިވާތީ މިބިން ކުއްޔަ ހިފުމަށް ސައުގުވެރިވެ ލައްވާފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 1:00ގައި މިއިދާރާގައެވެ. މަހަލްގޭގެ ދެކުނުގައިވާ ކުލީބިމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މަހަލްގޭގެ ދެކުނުގައިވާ ހުސްބިމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ ކުލީބިމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާޙްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ މަހަލްގޭގެ ދެކުނުގައިވާ ހުސްބިން ކުއްޔައް ދޫކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ހުށަހަޅާ އަގަށް                                      ( ފަންސާސް މާކުސް )
  • ކުރާ އިމާރާތުގެ ޑިޒައިން                                ( ދިހަމާކުސް ) 
  • އިމާރާތް ނިންމާ ޚިދުމަތްދޭނެ މުއްދަތައް                        ( ވިހިމާކުސް ) 
  • އިންވެސްޓްމަންޓް ކަވަރ ކުރުމަށް ހުށައަޅާ ގޮތް އަދި ކުރާމަސައްކަތް        ( ދިހަމާކުސް ) 
  1. މާލީތަނަވަސް ކަމަށް                                  ( ދިހަމާކުސް ) 

                    ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                    06  ރަބީޢުލްއައްވަލް  1440   

                    14  ނޮވެމްބަރ     2018    

14 ނޮވެންބަރު 2018