ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފޮޓޯކޮޕީ މެޝިންތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL) 142-A1/142/2018/52 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އަލުން މި މަސައްކަތް ކޮށްދޭނޭ ފަރާތެއް 2 އަހަރުދުވަހުގެ މުއްދަތަށް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަރަކާތް |
ތަން |
ތާރީޙް |
ގަޑި |
މައުލޫމާތު ސާފުކުރުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
04 އޮކްޓޯބަރ 2018 |
11:00 |
އެސްޓިމޭޓް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
09 އޮކްޓޯބަރ 2018 |
11:00 |
މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަމަވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.
20 مُحَرَّم 1439