ޢާންމު މަޢުލޫމާތު
ނަންބަރު: E14C/2018/03
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 29 ޖުލައި 2018 13:00
ރ. ފައިނު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ދެކުޑަދޮރުނަގާ ދެކުޑަދޮރުހުރިތަން ބައްދާލަދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ ހުޅަނގު ފަރާތު (ކައުންސިލްގެ އިދާރާއާ ވީ ފަރާތް) ފާރުގައިހުރި 2 ކުޑަދޮރުނަގާ އަމިއްލަތަކެތީގައި ދެކުޑަދޮރު ހުރިތަން ރާނާ ބައްދާލަދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 29 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 13:00 ގައި މިކޯޓުގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00ގައި މިކޯޓުގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. 

19 ޖުލައި 2018