ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)239-PS/239/2018/10
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 1141
ސުންގަޑި: 10 ޖުލައި 2018 1100
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ " ރަހަނު " ލާންޗްގައި އެޅުމަށް އައުޓްބޯޑް 2 އިންޖީނު ހޯދަން ބޭނުންވެއްޖެ.

މިއިދާރާގެ " ރަހަނު " ލާންޗްގައި އެޅުމަށް 250 ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީނު ގަންނަން ބޭނުންވެއްޖެއެވެ.  ވީމާ،  މިކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން 28 ޖޫން 2018 ވަނަދުވަހުގެ 11:00 އަށް، މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖުލައި 2018 ވަނަދުވަހުގެ 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެ އަދި ބިޑް ހުށަހެޅޭނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ publicservice@thaa.gov.mv އަށެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެވޭނީ، މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވަނީސް މި އިދާރާގެ ކަމާބެހޭ ނަމްބަރަށް ގުޅައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މިކަމާބެހޭގޮތުން މި އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9821111 ނަމްބަރއިން ޢަލީއަމްޖަދުއާއިއެވެ.

މުއްދަތުގައި މަޢުލޫމާތު ނުހޯއްދަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ގެންނެވުން އެދެމެވެ. 

މިހެންވެ، މިކަން ޢާއްމުކޮށް އެންގެވުމަށްޓަކައި އިޢުލާން ކުރީމެވެ.

             05 ޝައްވާލު 1439 

             19 ޖޫން 2018

                                                                       

2018-06-19