މުބާރާތް
ނަންބަރު: (IUL)430-DBA-B/1/2018/16
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 24 ޖޫން 2018 13:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުން

 

 

ދިވެހިބަހުގެ އެކެޑަމީ

  މާލެ،

 ދިވެހިރާއްޖެ.                                      

                                       

                                                   ނަންބަރު: (IUL)430-DBA-B/1/2018/16

 

 

އިޢުލާނު

 

             މި އެކެޑަމީގެ ނަންބަރު  (IUL)430-DBA-B/1/2018/11 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

             އެ އިޢުލާނުގައި ދަންނަވައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގެ އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސްގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ އިތުރުކުރެވިފައެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެ ފަހު ވަގުތަކީ 2018 ޖޫން 24ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

             މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  3028002ން ލިބޭނެއެވެ.

20 ޖޫން 2018