މަސައްކަތް
ނަންބަރު: (IUL)177/1/2018/15
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 06 މާރިޗު 2018 14:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2018" ގެ މީޑިއާ ޕާޓްނަރއަށްވުމުގެ ފުރުޞަތު

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަހަރުގެ މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ބޭނުންފުޅުވެލައްވާ ފަރްތާތަކަށް އެފުރުޞަތު މިވަނީ ހުޅުވާލާފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިސެންޓަރަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 އާއި ގުޅުއްވުން އެދެމެވެ.

26 ފެބުރުވަރީ 2018