ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2017/08
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 10 ޑިސެންބަރު 2017 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެނަން: ލީގަލް އޮފިސަރ

މަޤާމުގެ ބާވަތް: ދާއިމީ

ޢަދަދު:  01

މުސާރަ: -/10500 ރުފިޔާ

ޢިނާޔަތްތައް:

ސަރވިސް އެލަވަންސް:    އަސާސީ މުސާރައިގެ %25

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:   ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް  ހަލުވިކަމާއެކު، ފުރިހަމައަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުން.  

                          ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިދާރީ ހިންގުމުގެ ކަންތައްތަކުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން.

ފެންވަރު ނުވަތަ ޝަރުތު: ޤާނޫނީ ގޮތުން ފުރަތަމަ ޑިގްރީ ޙާޞިލް ކުރައްވާފައިވުން.

މި މަޤާމަށް މީހަކު ނެގުމުގައި ލޭބަރ ލޯ އިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.    

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.                  

ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ  13.30ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަޑު ޖަހާފައިވާ) އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު  3308773އަށް ގުޅުއްވުން އެދެމެވެ.

                                       09 ރަބީޢުލްއައްވަލް 1439  

                                       27 ނޮވެމްބަރ   2017

27 ނޮވެންބަރު 2017