ޢާންމު މަޢުލޫމާތު
ނަންބަރު: IAS/MIS/2017/2045
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 29 ނޮވެންބަރު 2017 11:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ޕިކަޕެއް ގަތުމަށް

 ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި މި ކުންފުނީގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް 1.5 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕެއް ގަންނަން ބޭނުންވެއެވެ.

 ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 21 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:30ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމަށް ބޭއްވޭ ސެޝަން 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 11:30ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

14 ނޮވެންބަރު 2017