ޢާންމު މަޢުލޫމާތު
ނަންބަރު: GS-184/IUL/2017/27
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 16 ނޮވެންބަރު 2017 02:00
ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
2018 ވަނަ އަހަރު މި ސުކޫލުގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުން

 

   އިޢުލާން

 

2018 ވަނަ އަހަރު މި ސުކޫލުގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުން

 

                   2018 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ އެންމެހާ ކަންތައްތައް  06 ނޮވެމްބަރ 2017  އިން ފެށިގެން 16 ނޮވެމްބަރ 2017 އާ ހަމައަށް މިސްކޫލްގައި ކުރިއަށްދާނެއެވެ. އެލް.ކޭ.ޖީ އަށް ވަދެވޭނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 1 އަށް 4 އަހަރު ފުރި5   އަހަރު ނުފުރޭ ކުދިންނަށެވެ. މީގެ އިތުރުން ބެލެނިވެރިޔާ ބޭނުންނަމަ ވައްދަން އެދޭ އަހަރުގެ  މާރިޗު މަހުގެ 31ށް 4 އަހަރު ފުރޭ ކުދިންނަށް ވެސް ފުރުސަތު ދެވޭނެއެވެ.

                        ވީމާ، ސްކޫލަށް ވަނުމަށްއެދޭ ފޯމް ފުރިހަމަކޮށް، ދަރިވަރުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ އާއި ބެލެނިވެރިޔާ އާއި ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ އަދި ކުއްޖާއަށް ވެކްސިން ދިންގޮތުގެ ކާޑާއިއެކު ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

ނޯޓް: ދަރިވަރުން ސްކޫލަށް ވައްދަން އެދޭފޯމް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.  

                      

                        13    ޞަފަރު 1439

                        02  ނޮވެމްބަރ 2017

 

ސަތިސް ބާބޫ  

ޕްރިންސިޕަލް                  

02 ނޮވެންބަރު 2017