މަސައްކަތް
ނަންބަރު: (IUL)399-MS/399/2017/54
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 22 ޖޫން 2017 11:30
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް.

މި އިދާރާއިން މިރަށުގައި ހަދާފައިވާ ވަގުތީ ކުނިކޮށިތައް، ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރ  (IUL)399-MS/399/2017/53 އިޢުލާނާއި

ގުޅިގެން އެކަށީގެންވާ މިންވަރަށް މީހުންގެ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

#

އަވަށް

ޙާޒިރުވާންޖެހޭ ތަން

ތާރީޚް

ގަޑި

1

މަޢުލޫމާތު ސާފުކުރުން

ލ. ގަމު ކައުންސިލްގެ އިދާރާ

19 ޖޫން 2017

11:30

2

އެސްޓިމޭޓް ހުށަހެޅުން

ލ. ގަމު ކައުންސިލްގެ އިދާރާ

22 ޖޫން 2017

11:30

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ، ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް، ކަނޑައެޅިގައިވާ ގަޑިއަށްވުރެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް، ފުރުޞަތު ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

18 ރަމަޟާން 1438

13 ޖޫން 2017

                         މުޙައްމަދު ޝިޔާމް

                                     ކައުންސިލްގެ ރައީސް

13 ޖޫން 2017