ދެންނެވުން
ނަންބަރު: (IUL)101-FT/1/2017/109
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:01
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފުޅިގައި ބަންދުކޮށްގެން ވިއްކާ ފެނުގެ އަގާއިގުޅޭ

 އިއުލާން

   ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަކީ ޢާއްމުކޮށް ރައްޔިތުންގެތެރެއިން ގިނަބަޔަކު ބޭނުންކުރާ އެއްޗަކަށް ވާއިރު، ބައެއް ފިހާރަތަކުން ޢާއްމުކޮށް ވިއްކާ އަގަށްވުރެބޮޑުކޮށް ފުޅީގައި ބަންދުކުރި ފެން ވިއްކަމުން ގެންދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ލިބެމުންދާތީ، ފުޅީގައި ބަންދުކުރި ފެން އަގުބޮޑުކޮށް ނުވިއްކުމަށް މިފަދަ ފަރާތްތަކަށް މިމިނިސްޓްރީއިން އިލްތިމާސްކުރަމެވެ.

 

09 މޭ 2017