ވަޒީފާގެ ފުރުޞަތު
ނަންބަރު: VAM/MIS-I/2017/242
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2017
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 18 މޭ 2017 12:00
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް ފައިނޭންސް އޮފިސަރ

   

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެސިސްޓަންޓް ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ޖެނެރަލް އެޑްމިން އެންޑް ފިނޭންސް ސެކްޝަން

މަޤާމް އޮތް އޮފީސް:

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުސާރަ:

ފެށޭމުސާރަ، މަހަކު -/1750 ރ.

ސާރވިސް އެލެވަންސް، މަހަކު -/2250 ރ.

އިތުރު އެލެވަންސް، މަހަކު -/1000 ރ.

ޖުމުލަ، މަހަކު -/5000 ރ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ ފޮނުވުން.
  2. އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް މުދަލާއި ޚިދުމަތަށް އެދޭ ފޯރމް ތައްޔާރުކޮށް ބެލެހެއްޓުން.
  3. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރުމާއި އޭގެ ތަފްސީލު ބެލެހެއްޓުން.
  4. އޮފީހަށް އަންނަ ބިލްތަކަށް ފައިސާ ދައްކައި އޭގެ ތަފްސީލު ބެލެހެއްޓުން.
  5. މުވައްޒަފުންގެ ޙާޒިރީ އާއި އެލަވަންސްގެ ހިސާބުތައް ބެލެހެއްޓުން.
  6. ބަޖެޓް ޚަރަދުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސިލިއޭޝަން ތައްޔާރުކުރުމަށް ޙަޒާންދާރުގެ ދަށުން މަސައްކަތް ކުރުން.
  7. މަސައްކަތުގެ ގޮތުން ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  8. އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ މިންވަރު.
  2. މައިކްރޮސޮފް ވޯޑް އަދި އެކްސެލް ބޭނުންކުރަން ދަންނަ މިންވަރު.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ  ހީވާގި މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  7. ޓީމެއްގެގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  8. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭނީ މިއެސޯސިއޭޝަންގެ ރައީސްއަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީއަކުންނެވެ.

ސިޓީ ހުށަހަޅާނީ  މޭ 18  ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ހ.ބޯޅަގެ، އަބަދަށްއުފާމަގު އަށެވެ. ވަޒީފާއަށް އެދި ލާ ސިޓީ އާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]  އެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 މެއި މަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހ.ބޯޅަގެ/އަބަދަށްއުފާމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން: 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3317015 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

03 މޭ 2017