ދިވެހިރާއްޖެ
ނަމްބަރު: 29/IUL)434-PRC/1/2017)
އިޢުލާން |
|||
އަންދާސީ ހިސާބު ބޭނުންވެއްޖެ: މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގައި ހުރި އަލިފާންނިވި ފުޅިތައް ރީފިލްކޮށް ސަރވިސް ކުރުމަށާއި އިތުރު އަލިފާންނިވި ފުޅިތަކެއް ގަންނަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. |
|||
|
ތާރީޙް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
24 އޭޕްރީލް 2017 |
ހޯމަ |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުއްވުން |
30 އޭޕްރީލް 2017 |
އާދީއްތަ |
11:00 (މެންދުރުކުރި) |
|