ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448-ASS/1/2017/4
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 12 މާރިޗު 2017 13:30
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
02 ރަންވޭ އެޖް ލައިޓްސް (ސޯލަރ) ސަޕްލައިކޮށްދޭނެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

        ފުވައްމުލަކު އެއަރޕޯޓަށް ބޭނުންވާ 02 ރަންވޭ އެޖް ލައިޓްސް (ސޯލަރ) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 05 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           29 ޖުމާދަލްޢޫލާ 1438

           26 ފެބުރުވަރީ 2017

26 ފެބުރުވަރީ 2017