މަސައްކަތް
ނަންބަރު: GS28/2017/04
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 18 ޖަނަވަރީ 2017 11:00
ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރީސްކޫލް ކުލާސްރޫމްގެ ޓިނު ބަދަލުކުރުމަށް

އިއުލާން       

އަންދާސީހިސާބު ބޭނުންވެއްޖެ:

މި މަދަރުސާގެ ޕްރީސްކޫލް ކުލާސްރޫމްގެ ޓިނު ބަދަލުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކު އެންޑް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

05 ޖަނަވަރީ 2017