1. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއާ ބެހޭގޮތުން ކުރަންޖެހޭ އެނޫން އެންމެހައި މަސައްކަތްތައް ކުރުން.
2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
3. މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
4. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންނާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުން.
5. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ އޮނިގަނޑުތައް އެކުލަވައިލުމާއި ރިވިއުކުރުމުގެ މަސައްކަތް ކުރުމާއި، އެކަމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
6. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ އޮޑިޓް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އޮޑިޓް މަސައްކަތްތައް ކުރުން.
7. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުން.
8. ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ލިޔަންޖެހޭ ސިޓީއާއި ނޯޓު ފަދަ ތަކެތި ލިޔުމާއި ފޮނުވުން.
9. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ޑިޕާޓްމަންޓް/ސެކްޝަން ނުވަތަ ޕަރމަނަންޓް ސެކްރެޓަރީއަށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ދޭންޖެހޭ ފަންނީ ލަފާ އެރުވުމުގެ މަސައްކަތް ކުރުން.
10. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ސެކްޝަނުން ފޮނުވަންޖެހޭ މައްސަލައް ފޮނުވުމާއި، އެ ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުންދީ، ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން.
11. މިނިސްޓްރީގައި ޤާއިމުކުރެވެމުންދާ އެޗް.އާރް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
12. މިނިސްޓްރީގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ސެކްޝަން/ޔުނިޓްތައް ފާހަގަކޮށް، ސެކްޝަން ހެޑާއެކު މަޝްވަރާކޮށް، ޕަރމަނަންޓް ސެކްރެޓަރީއަށް ރިޕޯޓް ކުރުން.
13. ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
14. މީގެ އިތުރުން، މިނިސްޓްރީގެ ނުވަތަ ސެކްޝަނުގެ މަސައްކަތުގެ ދާއިރާއިން ސެކްޝަނުގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން.
|