ދިވެހިރާއްޖެ
އިޢުލާން
ޓްރެއިނިންގ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ގަޑި |
ދުވަސް |
ތާރީޚު |
ތަފުސީލު |
10:00 |
އާދީއްތަ |
18 ޑިސެންބަރު 2016 |
މަޢުލޫމާތު ސާފުކުރުން |
10:00 |
ބުރާސްފަތި |
22 ޑިސެންބަރު 2016 |
އަންދާސީހިސާބު ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
13 ރަބީޢުލްއައްވަލް 1438