މަސައްކަތް
ނަންބަރު: GS-176/IUL/2016/29
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 23 ނޮވެންބަރު 2016 11:30
ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

2017 ވަނަ އަހަރަށް ބުރުނީ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށެންދެން އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ސްކޫލުގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސްކޫލުގެ ރަސްމީ މަސައްކަތެއް ކަމުގައި ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަމިއްލަ ފަރުދުންނަށާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ބައިވެރިވެވޭނެއެވެ. ގަވާއިދުން ރަޖިސްޓަރީކޮށްގެން ސެކިޔުރިޓީ ބެލެހެއްޓުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ރަޖިސްޓަރީގެ ކޮޕީއާއި، ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:30 ގައި ސްކޫލުގެ އޮފީހުގައި ކުރިއަށްދާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި ސްކޫލުގެ އޮފީހުގައި ކުރިއަށްދާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ސްކޫލުގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ނޮވެންބަރު 2016