މަސައްކަތް
ނަންބަރު: GS-205/IUL/2016/51
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 09 ނޮވެންބަރު 2016 10:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ބޯފެން އިސްކުރުބަރިއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ދަރިވަރުންނަށް ބޯފެން އިސްކުރުބަރިއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން އަމިއްލަ ފަރުދުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016