ޢާންމު މަޢުލޫމާތު
ނަންބަރު: 171-H3(PU)/IUL/2016/139
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 16 އޮގަސްޓް 2016 13:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދ.ވާނީ ޓްރެއިނިންގ ސްކޫލުގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ދ. ވާނީ ޓްރެއިނިންގ ސްކޫލުގައި މަސައްކަތްކުރާ ފުލުހުންނަށް ކާންދިނުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން ދ.ވާނީ ޓްރެއިނިންގ ސްކޫލުގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 13:00 އަށް ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

            

11 އޮގަސްޓް 2016