މަސައްކަތް
ނަންބަރު: (IU)138-AS6/2016/68
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 15 ޖޫން 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 15 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މި މިނިސްޓްރީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 20 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 ރަމަޟާން 1437

12 ޖޫން 2016