ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2016/72
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 28 މޭ 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތްކުރާ ތަންތަނުގެ ރަޖިސްޓަރީ އެކުލަވައިލުން

އިޢުލާން

ވިޔަފާރި އުސޫލުން ހިންގާ މޮޓޯ ރިޕެއަރ މެއިންޓެނަންސްގެ ޚިދުމަތްދޭ ތަންތަން ނުވަތަ އޮޓޯމޯޓިވް ގަރާޖު ފަދަ ތަންތަނާއި ބޯކޮށާ ތަންތަނުގެ ދަފުތަރެއް އެކުލަވައިލަން ބޭނުންވާތީ، މިފަދަ ތަންތަނުގެ މަޢުލޫމާތު މި މިނިސްޓްރީއާ ހިއްސާކޮށްދިނުމަށް އެދެމެވެ.

މަޢުލޫމާތު ފޮނުއްވާނީ، [email protected]  މި އީމެއިލް އެޑްރެހަށް  2016 މޭ 28 ވަނަ ދުވަހުގެ ކުރިންނެވެ.

ފޮނުއްވަންވީ މަޢުލޫމާތު:

  1. އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ނަންބަރު
  2. ވިޔަފާރި ނަން، ނުވަތަ ވިޔަފާރިކުރާ ތަނަށް ކިޔާ ނަން
  3. އެޑްރެސް
  4. ގުޅޭނެ މޮބައިލް ނަންބަރު
22 މޭ 2016