ކުއްޔަށް ހިފުން
ނަންބަރު: (IUL)200/200/2016/1
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 05 މޭ 2016 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ކުއްޔަށް ހިފުން

އޮފީސް އިމާރާތެއް ކުއްޔަށް ހިފުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ސެޓަޕެއް ހެދޭގޮތަށް ހުރި 1 ފްލޯ ނުވަތަ ޖެހިޖެހިގެން ހުރި 2 ފްލޯއިން 4500 އަކަފޫޓަށްވުރެ ކުޑަނޫން ރަނގަޅު ފެންވަރެއްގެ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ކުއްޔަށް ދެވޭނެ މުއްދަތު ބަޔާންކޮށް 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގ، 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 3308773 ފޯނާ ގުޅުއްވުން އެދެމެވެ. އިމާރާތް ކުއްޔަށް ހިފުމުގައި ކުލީގެ އިތުރުން އިމާރާތުގެ ފެންވަރަށާއި ލޮކޭޝަނަށް އިސްކަންދެވޭނެއެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016