ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-YDE/1/2016/42
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 31 މާރިޗު 2016 00:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ނޭޝަނަލް ޔޫތު ކައުންސިލަށް މެންބަރުން ހޮވުން

އިޢުލާން

ނޭޝަނަލް ޔޫތު ކައުންސިލަށް މެންބަރުން ހޮވުން.

"ނޭޝަނަލް ޔޫތު ކައުންސިލް" ގެ މައިގަނޑު ބޭނުމަކީ މިނިސްޓްރީން ކުރެވޭ މަސައްކަތްތައް، ޒުވާނުންނާ ރަޙްމަތްތެރި މަސައްކަތްތަކަކަށް ހެދުމަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހެދިފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަޒީރަށް ލަފާދިނުމެވެ. ޒުވާނުންގެ މެދުގައި ދިމާވެފައިވާ މައްސަލަތަކާމެދު މަޝްވަރާކޮށް އެކަންކަމަށް ހައްލުހޯދާނެ ގޮތްތަކާމެދު މަޝްވަރާކުރުމާއި، ޒުވާނުން އިޤްތިޞާދީގޮތުން ބާރުވެރިކުރެވޭނޭގޮތްތައް ވަޒީރަށް ހުށަހެޅުމެވެ. އަދި ޒުވާނުންގެ ދާއިރާގައި ޙަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކޮށް، ޒުވާނުންނަށް ޤައުމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ޒުވާނުންގެ ވަޒީރަށް ލަފާދިނުމެވެ. ވީމާ، މިކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ދެވަނަފަހަރަށް ހުޅުވާލަމެވެ.

ޝަރުޠުތައް

- ދިވެހި ރައްޔިތެއްކަމުގައިވުން.

- ޢުމުރުން 18 އަހަރާއި 35 އަހަރުގެ ރައްޔިތެއް ކަމުގައިވުން.

- ސަރުކާރުން އެކުލަވާލައްވާފައިވާ އެއްވެސް މުއައްސަސާއެއްގެ ބޯޑް މެމްބަރު، ކޮމިޝަން، ކައުންސިލް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކަމުގައިނުވުން. 

- ސިޔާސީޕާޓީއެއްގެ މަޤާމެއް ނުވަތަ ނުވަތަ ސިޔާސީ މަޤާމެއް އަދާކުރާ މީހެއްކަމުގައި ނުވުން.

- ޒުވާނުންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށްވުން.

ނޯޓް: މެމްބަރަކު އައްޔަންކުރުމުގައި ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކައުންސިލްގައި ތިބޭ މެންބަރުންގެ އަދަދު

- ޒުވާނުންގެ ތެރެއިން ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ އެކަށީގެންވާ 7 ފަރާތެއް.

- ޔޫތު މިނިސްޓަރުގެ ފަރާތުން އައްޔަންކުރައްވާ 2 ފަރާތެއް.

ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު

- ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ލަފަޔާއި އިރުޝާދު ދިނުން.

- ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ޒުވާނުންނަށް ދިމާވާ ކަންކަން ދެނެގަނެ، އެކަންތައްތަކާމެދު ޚިޔާލު ބަދަލުކޮށް، އެކަންތައްތަކަށް ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މަޝްވަރާ ދިނުން.

- ޒުވާނުންނަކީ ޤައުމީ އެއްބައިވަންތަކަމާއި، އިޖްތިމާޢީ ހަމަޖެހުމާއި، އިސްލާމީ ޢަޤީދާ އަދި ޤާނޫނާއި ގަވާއިދަށް އިޙްތިރާމްކުރާ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީ ލަފާދިނުން.

- ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ މެދުގައި މެދުނުކެނޑި ކުރިއަށް ގެންދެވޭފަދަ ގާތްގުޅުމެއް އުފައްދައިދިނުމުގެ ގޮތުން މަސައްކަތްކުރެވިދާނެ ގޮތްތައް ހޯދައި، އެކަންކަން ކުރުމުގެ ލަފަޔާއި އިރުޝާދުދިނުން.

- ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި ޒިންމާދާރު ބައެއްގެގޮތުގައި ހެދުމަށް ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި، ޒުވާނުންގެ ސިޔާސަތާ ބެހޭގޮތުން ލަފަޔާއި އިރުޝާދުދިނުން.

- ޒުވާނުންނަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތައް ދެނެގަންނަން މަސައްކަތްކޮށް އެފަދަ ކަންކަން ހައްލުކުރުމަށް މަޝްވަރާދީ، އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

- ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރާއްވަވާ މަޝްރޫޢުތަކާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ހިމެނުމަށް މަޝްވަރާދިނުން.

- ދިވެހި ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމުގައި ޒުވާނުންގެ ވުޒާރާއިން ހިންގާ ޕްރޮގުރާމްތަކާ ބެހޭގޮތުން ލަފާދިނުން.

-  ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކުރުމުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން.

ހުށަހަޅަންޖެހޭ ތަކެތި

- އިޢުލާނާ ހަވާލާދީ، ޒުވާނުންގެ ޤައުމީ މަޖިލިހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުރި ޝައުޤުވެރިކަން އަންގައިދޭ ސިޓީ.

-  ޕްރޮފައިލް

- ޒުވާނުންގެ ދާއިރާގައި ނުވަތަ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާކަމުގެ ތަޖުރިބާ އަންގައިދޭ ލިޔުން

- ދާއިރާއިން ހިލޭސާބަހަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ރެފަރަލް ލިޔުންތައް.

- ނެޝަނަލް ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ބޭނުން ނުވަތަ ސަބަބު (ދެ ޞަފްޙާއަށް ވުރެ ދިގު ނޫން)

ސުންގަޑި

2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާ) ނުވަތަ މާފަންނު ޒުވާނުންގެ މަރުކަޒު ކައުންޓަރަށެވެ. މެއިލް ކުރައްވާނަމަ، [email protected] އަށެވެ.   

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3332069 / 3313912 ނަންބަރު ފޯނަށެވެ.

20 މާރިޗު 2016