މަސައްކަތް
ނަންބަރު: (IUL)303-AS/303/2016/15
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 23 މާރިޗު 2016 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގެ، ނަރުދަމާ ނިޒާމު، ކުނިކޮށި ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ އިންޖީނުގެ ނަރުދަމާ ނިޒާމު ކުނިކޮށި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިރަށު ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ އިންޖީނުގެ، ނަރުދަމާ ނިޒާމު، ކުނިކޮށި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 23 މާރިޗު 2016ވާ ބުދަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އިންޖީނުގެ، ނަރުދަމާ ނިޒާމު، ކުނިކޮށި ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 މާރިޗު 2016ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.    

15 މާރިޗު 2016