ކުއްޔަށް ހިފުން
ނަންބަރު: AI/IUL/2016/009
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 31 ޖަނަވަރީ 2016 11:00
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ހިންގާނޭ ތަނެއް ކުއްޔަށް ހިފަން

އިޢުލާން
އޮފީސް ހިންގާނޭ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ސ. ހިތަދޫގެ ރަނގަޅު ސަރަޙައްދަކުން މިކުންފުނީގެ އޮފީހެއް ހިންގާނޭ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މިއޮފީހަށް (ފެންބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.
  • ތަނުގެ ވެރިފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ
  • މަގު އަދި ސަރަހައްދު އެނގޭނެ ފަދަ ލިޔުމެއް
  • ތަނުގެ ކުރެހުން (ތަނުގެ ބޮޑު ކުޑަމިން އަކަފޫޓު އެނގޭގޮތަށް)
  • ތަނުގެ ކުލި، އެޑްވާންސް އަދި ޑިޕޮސިޓްގެ ތަފުސީލު

10 ރަބީޢުލްއާޚިރު 1437

20 ޖަނަވަރީ 2016