ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2015/80
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:16
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ބޭންކިންގ ޚިދުމަތް ދޭ ދުވަސްތައް

އިޢުލާން

2015 ވަނަ އަހަރު މި އޮތޯރިޓީއިން ބޭންކިންގ ޚިދުމަތްތައް ދިނުމުގެ މަސައްކަތްކުރާ އެންމެފަހު ދުވަހަކީ 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހެވެ. އަދި  31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހަކީ މި އޮތޯރިޓީގެ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއްކަމުގައި ހަމަޖައްސާފައިވާތީ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަދި ދަންނަވަމެވެ. 2016 ވަނަ އަހަރު މަސައްކަތް ކުރާ ފުރަތަމަ ދުވަހު (3 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހު) ބޭންކިންގ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން ފެށިގެން މެންދުރު ފަހު 2:00 އަށް ކަމުގައު ދެންނެވީމެވެ. އެހެން ދުވަސްތަކުގައި ބޭންކިންގ ޚިދުމަތް އޮންނާނީ ކުރިއެކޭ އެއްގޮތަށް ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެދުނު 8:30 އިން މެންދުރު ފަހު 2:00 އަށް ކަމުގައި ދެންނެވީމެވެ.

17 ރަބީޢުލްއައްވަލް 1437   

28 ޑިސެންބަރު 2015