މަސައްކަތް
ނަންބަރު: (IUL)303/303 /2015/105
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 28 ޑިސެންބަރު 2015 10:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗައިނާ ކަމިންސް 250 ކިލޯގެ ޖަނަރޭޓަރ މޭޖަރ އޯވަރހޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރަމުންދާ ޗައިނާ ކަމިންސް 250 ކިލޯގެ ޖަނަރޭޓަރ މޭޖަރ އޯވަރހޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިރަށު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރަމުންދާ 250 ކިލޯވޮޓްގެ ޗައިނާ ކަމިންސް ޖަނަރޭޓަރ މޭޖަރ އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި، އަދި ވަކިން މޭޖަރ އޯވަރހޯލް ކިޓެއް ވިއްކާނެ އަގާއި 3 ހެޑް ވިއްކާނެ އަގު ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު 28 ޑިސެންބަރު 2015 ހޯމަ ދުވަހުގެ 10:30 ގެ ކުރިން މިކައުންސިލަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މި މަޢުލޫމާތު މިކައުންސިލުގެ މެއިލް [email protected] އަށް ފޮނުވުމުންވެސް ފުދޭނެއެވެ.

- ފުރިހަމަ ނަމާއި އެޑްރެސް / ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެސް

- އައިޑީކާޑުގެ ނަންބަރު / ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީގެ ނަންބަރު

- މީރާގެ ރަޖިސްޓަރީ ނަމްބަރ

- ގުޅޭނެ ފޯނު ނަންބަރު

އަދި މަތީގައި ދެންނެވިފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން މެންދުރުފަހުގެ 2:00 އަށް މިކައުންސިލުގެ ރައީސް ޢަބުދުއްނާޞިރު ޢަލީ ( ފޯން 9755327 ) އަށެވެ. ފޯނުން މަޢުލޫމާތު ސާފުކުރެއްވިކަމުގައިވިޔަސް މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ލިޔުމުން ނުފޮނުއްވާ ފަރާތްތަކުގެ އަންދާސީހިސާ ބަލައިނުގަނެވޭނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޑިސެންބަރު 2015ވާ ބުދަ ދުވަހުގެ 12:30 ގައި މިއިދާރާގައެވެ. ޖަނަރޭޓަރ މޭޖަރ އޯވަރހޯލް ކުރުމަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ޖަނަރޭޓަރ މޭޖަރ އޯވަރހޯލް ކުރުމާއި، ވަކިން މޭޖަރ އޯވަރހޯލް ކިޓެއް ވިއްކުން އަދި 3 ހެޑް ވިއްކުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަން ވާނެއެވެ.

 ތިރީގައި މިވަނީ ޖަނަރޭޓަރާބެހޭ ބައެއް މަޢުލޫމާތު

މޮޑެލް ނަންބަރު: NTA855-G1A

ސީރިއަލް ނަންބަރު: 15449

ޕީއެލް ނަންބަރު: XK06-205-00409

ހުށަހާޅާ އަންދާސީހިސާބުތަކަށް މާކްސް ދޭނެގޮތް

ހުށަހަޅާ އެންމެ ކުޑަ އަގަށް %70

މުއްދަތަށް % 10 ( ކުރު މުއްދަތަށް )

މާލީތަނަވަސް ކަމަށް % 10 ( 3 މަސްނުވާ ބޭންކް ސްޓޭޓްމެންޓް ނުވަތަ ބެންކް ގެރެންޓީ )

ތަޖުރިބާ ( މިފަދަ މަސައްކަތްތައް ކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުންތައް)

އަންދާސީހިސާބާއެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

- އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެސް

- ހުށަހަޅާ އަންދާސީހިސާބު

- ކުންފުނީގެ ފަރާތުންނަމަ އެއްބަސްވުމުގައި ސޮއިކުރާނެ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑުގެ ކޮޕީ.

- ސޮއިކުރުމުގެ ބާރު ދީފައިވާކަމުގެ ކުންފުނީގެ ލެޓަރހެޑުގައިވާ ލިޔުން (އަސްލު)

- ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި މީރާގެ ރަޖިސްޓަރީގެ ކޮޕީ

- ވަކި ފަރުދެއްނަމަ އައިޑީކާޑުގެ ސާފު ކޮޕީއެއް

- ބޭންކް ސްޓޭޓްމެންޓް ( ތިންމަސްދުވަސް ނުވާ ނުވަތަ ބެންކް ގެރެންޓީ )

- ގުޅޭނެ ފޯނު ނަންބަރު

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

10 ރަބީޢުލްއައްވަލް 1437   

21 ޑިސެންބަރު 2015