ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2015/122
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 1434
ސުންގަޑި: 31 ޑިސެންބަރު 2015 1230
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޯލް އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ކޯލް އެޓެންޑެންޓް (5 މަސްދުވަހަށް)

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/7610 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

އޮފީސް އަދި ހޯމް ބޭސްޑް/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

 

 

ތަޢުލީމާއި ތަޖުރިބާ

1. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައިމިވާ 2 ޕޮއިންޓަށް އިސްކަންދެވޭނެއެވެ.

  • ކުޑަކުދިންފެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި، ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދާރީވުމުގައި ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތްކުރުން.

2. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކުގެ ކޯލް ލޮގްގައި އަންނަ ކޯލްތަކުގެ ތަފްޞީލް ރެކޯޑްކޮށް ބަލަހައްޓައި، މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަނާ ހިއްސާކުރުން.

3. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކާ ގުޅިގެން ހޯދަންޖެހޭ މުހިންމު މަޢުލޫމާތު އެއްކޮށް، މިނިސްޓްރީގެ ކަމާއިޅޭ ސެކްޝަނާ ހިއްސާކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (ކިޔަން އެނގޭވަރުގެ ސާފު ކޮޕީއެއް)

4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 ޑިސެންބަރު 31  ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގިފިލާގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3013017 އެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

2015-12-21