މަސައްކަތް
ނަންބަރު: GS-154/2015/20
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 03 ޑިސެންބަރު 2015 11:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2 ކްލާސްރޫމުގެ ސިމެންތި ކޮށައި ސިމެންތިޖެހުން

މި ސްކޫލުގެ 2 ކްލާސްރޫމެއްގައި ސިމެންތި ކޮށައި ސިމެންތި ޖެހުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 11:00 ގައި ސްކޫލް އޭވީ ރޫމުގައި އޮންނާނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00ގައި ސްކޫލްގެ އޭވީ ރޫމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޞަފަރު 1437

19 ނޮވެންބަރު 2015