ވަޒީފާގެ ފުރުޞަތު
ނަންބަރު: GS132/2015/23
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 13 އޮކްޓޫބަރު 2015 13:00
ކެންދޫ ސްކޫލް
ދިވެހިރާއްޖެ
އިލެކްޓްރިކް ކޭބަލް ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށާއި، ކަރަންޓް ވިއުގައިގައި ހުރި މައްސަލަތައް ހައްލުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ އިލެކްޓްރިކް ކޭބަލް ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށާއި، ކަރަންޓް ވިއުގައިގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަންބަރު: GS/132/2015/08ފ(29 މާރިޗު 2015) ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީއާއި ނަންބަރު: GS132/2015/20ފ(25 އޮގަސްޓު 2015) ގައި ކުރެވުނު އިޢުލާނުން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާނުތައް ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1436

06 އޮކްޓޫބަރު 2015