ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-K/2015/78
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 28 ސެޕްޓެންބަރު 2015 11:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އަލިފާން ނިއްވާ ފުޅިތައް ރިފިލް ކުރުމާއި، ފުޅިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަލިފާން ނިއްވާ ނިޒާމުގައި ހިމެނޭ ފުޅިތައް ރިފިލް ކުރުމާއި އަލަށް ބަހައްޓަން ބޭނުންވާ ފުޅިތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓުގެ ނަންބަރު K/2015/71-ފ198 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަދަދު މަދުކަމަށްފެންނާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ސެޕްޓެންބަރު 2015 ވާ ބުދަަ ދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

30 ޛުލްޤަޢިދާ 1436       

14 ސެޕްޓެންބަރު 2015