މަސައްކަތް
ނަންބަރު: (IUL)/196-C/1/2015/65
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 16 ސެޕްޓެންބަރު 2015 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ ގދ.އަތޮޅު ގޮފި ހިންގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2015/62) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 16 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 އަށް ގދ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 އަށް އަންދާސީހިސާބު، މިއޮފީހުގެ ގދ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ގދ. އަތޮޅު ގޮފި ހިނގަމުންދާނީ ގދ. ތިނަދޫ، މެލަންހައުސްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3003288 ފޯނާއި، ނުވަތަ ގދ. އަތޮޅު ގޮފީގެ ނަންބަރު 6842646 ފޯނާ ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015