ޢާންމު މަޢުލޫމާތު
ނަންބަރު: 60-ADM/2015/279
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:03
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯއިން ހިންގާ ޕްރޮމޯޝަންތަކުގައި ބައިވެރިކޮށްދޭނެ ކަމުގައި ބުނެ ފައިސާ ރީލޯޑް ކުރުމަށް ކުރަމުންދާ ކޯލްތަކާބެހޭ

އެސްޓީއޯގެ ނަމުގައި އެކި ބޭފުޅުންގެ ފޯނަށް ގުޅައި، އެސްޓީއޯގެ ޕްރޮމޯޝަންގައި ބައިވެރި ކޮށްދޭނެ ކަމަށް ބުނެ، ވަކި މޯބައިލް ނަންބަރު ތަކަކަށް ފައިސާ ރީލޯޑް ކުރުމަށް އެދެމުންދާ ކަމުގެ މަޢުލޫމާތު މިކުންފުންޏަށް ވަނީ ލިބިފައެވެ.

އެސްޓީއޯއިން އެއްވެސް އިރެއްގައި މޮބައިލް ފޯނަށް ފައިސާ ރީލޯޑް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެއް ހިންގާފައި ނުވާނެ ކަމުގައި ދަންނަވަމެވެ. ވީމާ މިފަދަ ކަންކަމަށް ޢާންމުން ސަމާލުވެވަޑައިގަތުމަށް މިކުންފުނިން އިލްތިމާސް ކުރަމެވެ.

            4 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015