ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-EXS2/138/2015/49
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 24 އޮގަސްޓް 2015 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހިރިޔާ ސުކޫލާއި ތާޖުއްދީނު ސްކޫލުގެ ހުޅަނގުން ބޮޑުތަކުރުފާނުމަގާ ދެމެދުގައިވާ ބިންތަކާބެހޭ

ހިރިޔާ ސްކޫލް ( 398 ނަންބަރު ކޮށި) އާއި ތާޖުއްދީނު ސްކޫލް (399 ނަންބަރު ކޮށި) މި ދެ ސުކޫލުގެ ހުޅަނގުން ބޮޑު ތަކުރުފާނުމަގާ ދެމެދުގައިވާ ބިންތައް، ސަރުކާރުގެ މުހިންމު ޕްރޮޖެކްޓަކާގުޅިގެން ވަރަށް އަވަހަށް ހުސްކުރަން ބޭނުންވާތީވެ، އެބިމުގައި އެއްވެސްފަރާތެއްގެ ތަކެއްޗެއް ހުރިނަމަ، 24 އޮގަސްޓު 2015 ވާ ހޯމަދުވަހުގެ ނިޔަލަށް ނަންގަވައި އެސަރަޙައްދު ހުސްކުރުމަށް އަންގަމެވެ. އެމުއްދަތުގެ ތެރޭގައި ނުނަގައިހުރި އެއްޗެތި ނަގައި ބިންސާފުކުރުމުގެ މަސައްކަތް 25 އޮގަސްޓު 2015 ވަނަ ދުވަހު މިނިސްޓްރީން ކުރިޔަށްގެންދާނެއެވެ. އަދި ބިން ސާފުކުރުމުގެ މަސައްކަތުގެ ތެރޭގައި އެތަނުގައި ނުނަގައިހުރި އެއްވެސް އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިނިސްޓްރީން ނުވާނެކަމުގައި ދަންނަވަމެވެ.

                                  5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015