ތަމްރީނު
ނަންބަރު: (IUL)430-DBA-I/1/2015/27
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 09 އޮގަސްޓް 2015 14:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެސް އަކުރު ދަސްކޮށްދޭ ކުރުމުއްދަތުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ދިވެސް އަކުރު ދަސްކޮށްދޭ ކުރު މުއްދަތުގެ ކޯހެއް ހިންގަން މި އެކެޑަމީން ވަނީ ނިންމައިފައެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މި އޮގަސްޓު މަހުގެ 09 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ.

ބޭނުންވާ އަދަދު: 30

މި ކޯހުގައި ބައިވެރިވާން އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓު: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން އެދޭނަމަ، މި އެކެޑަމީގެ ފޯނު ނަންބަރު 3345284، 3345299 އާ ގުޅުން އެދެމެވެ.

18 ޝައްވާލް 1436

03 އޮގަސްޓް 2015