މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/236
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 29 ޖުލައި 2015 12:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް

އިޢުލާން

ދަރުމަވަންތަ ސްކޫލް އާއިމާރާތް

ދަރުމަވަންތަ ސްކޫލް މިހާރު ހުރި ބިމުގައި އާ އިމާރާތެއް ކުރުމަށްޓަކައި އެ ޢިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

29 ޖުލައި 2015 ވާ ބުދަ ދުވަހުގެ  12:30

5 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ  12:30

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

26 ރަމަޟާން 1436

13 ޖުލައި 2015