ޢާންމު މަޢުލޫމާތު
ނަންބަރު: 23-E/1/2015/63
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:46
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވާރކްޕާމިޓް މެޑިކަލް ހެއްދުމާބެހޭ

މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ވާރކްޕާމިޓް މެޑިކަލް ހަދައިދިނުމަށް ހުއްދަދީފައިނުވާ ތަންތަނުން މެޑިކަލް ހައްދަމުން އަންނަކަން މިނިސްޓްރީއަށް ދަނީ ފާހަގަ ކުރެވެމުންނެވެ.

ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަ މިހާރު ދެވިފައިވާ ތަންތަނުގެ ލިސްޓު ތިރީގައި ދެންނެވިފައި އެވަނީއެވެ.

  - އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

  - އޭޑީކޭ ހޮސްޕިޓަލް

  - އޭ.އެމް.ޑީ.ސީ

  - މެޑިކާ

  - ސެންޓްރަލް ހޮސްޕިޓަލް

  - ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތައް

ވީމާ، ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަ ދީފައިނުވާ ތަންތަނުން ހަދާ މެޑިކަލްސް ޤަބޫލު ނުކުރެވޭނެކަން އަންގައި އިޢުލާނު ކުރަމެވެ. އަދި ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަނެތި މެޑިކަލް ހަދައިދޭ ފަރާތްތައް އަދި ތަންތަނާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އަޅާނެކަން އަންގައި އިޢުލާނުކުރަމެވެ.             

17 ޝަޢުބާން 1436       

04 ޖޫން 2015