މަސައްކަތް
ނަންބަރު: (IUL)434-A/1/2015/39
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:50
ސުންގަޑި: 26 މޭ 2015 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
50 ޓަނުގެ ޑީސެލިނޭޝަން ފެން ޕްލާންޓެއް ބެހެއްޓުމާއި، ހޮޅިއެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރަށް 50 (ފަންސާސް) ޓަނުގެ ޑީސެލިނޭޝަން ފެން ޕްލާންޓެއް އަމިއްލަ ތަކެތީގައި ބެހެއްޓުމާއި، ޕްލާންޓުން ފެށިގެން ކަނޑުއޮޅިއާ ހަމައަށް ހޮޅި އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

26 މޭ 2015

އަންގާރަ

13:00 (މެންދުރުފަހުގެ)

އަންދާސީހިސާބު ހުށަހެޅުއްވުން

31 މޭ 2015

އާދީއްތަ

13:00 (މެންދުރުފަހުގެ)

01 ޝަޢުބާން 1436

19 މޭ 2015