މަސައްކަތް
ނަންބަރު: (IUL)10-F/1/2015/78
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:47
ސުންގަޑި: 26 މޭ 2015 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވާހަކައެއް ލިޔެ ފޮތެއްގެ ގޮތުގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޖުވަނައިލް ޖަސްޓިސް ޔުނިޓުން ޤާނޫނަށް ހޭލުންތެރި ކުރުމުގެ މަޤުޞަދުގައި ވާހަކައެއް ލިޔެ ފޮތެއްގެ ގޮތުގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ: IUL)10-F/1/2015/72)ފ(11 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތަށް 3 ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

‏02 ޝަޢުބާން 1436

20 މޭ 2015