ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2024/133
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 21 މާރިޗު 2024 23:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކާޑާއި ގުޅޭ

އިޢުލާން

 

ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކާޑާއި ގުޅޭ:

                     ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ (10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް) 19 މާރިޗް 2024 އިން ފެށިގެން މިއޮފީހުން ރައްޔިތުންނަށް ދަނީ ބަހަމުންނެވެ. ވީމާ، 21 މާރިޗް 2024 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 އަށް އަދި ރޭގަނޑު 21:30 އިން ރޭގަނޑު 23:30 އަށް ފޭދޫ އެސް.ޓީ.އޯ ކަންމަތިން ކާޑު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ. ކާޑު ބައްލަވާ ވަޑައިގަންނަވާ އިރު އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.                                                       

11 ރަމަޟާން 1445

21 މާރިޗް 2024

21 މާރިޗު 2024