ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާބެހޭ
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1445 ދުވަހުން ފެށިގެން 27 ރަމަޟާން 1444 ދުވަހުގެ ނިއަލަށް އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސްތަކުން އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. މި ގޮތަށް ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު އެއަވަށެއްގެ އަވަށުއޮފީހުގެ ވައިބަރ ނަންބަރަށް ސްލިޕް ފޮނުވުމުން ރަސީދު ލިބިވަޑައިގަންނަވާނެއެވެ. ރަސްމީގަޑީގެ ފަހުން ފައިސާޖަމާކުރުމަށްފަހު ސްލިޕް ފޮނުވާ ފަރާތްތަކަށް ރަސީދު ލިބިވަޑައި ގަންނަވާނީ ޖެހިގެން އަންނަ ރަސްމީދުވަހުގެ ރަސްމީގަޑީގައެވެ.ފިޠުރު ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.
1445 ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
70ރުފިޔާ |
3 |
ރަތް ހަނޑޫ |
80ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
70ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
125ރުފިޔާ |
7 |
އާދައިގެ ފުށް |
10ރުފިޔާ |
8 |
އާޓާ ފުށް |
75ރުފިޔާ |
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަވާ ފައިސާ ޓްރާންސްފަރ ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް އެކައުންޓަށެވެ.
އެކައުންޓް ނަންބަރ: 7708700341004
އެކައުންޓް ނަން: 1277-Kharadhu 2
ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރި/ޓްރާންސްފަރ ކުރި ސްލިޕް އެ މީހަކު ހިމެނޭ އަވަށެއްގެ އަވަށުއޮފީހުގެ މިދަންނަވާ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ގޭގެ ނަން ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.
# |
އަވަށް |
ވައިބަރ ނަންބަރ |
1 |
ހިތަދޫ އަވަށް |
7395753 |
2 |
މަރަދޫ އަވަށް |
7360024 |
3 |
މަރަދޫ ފޭދޫ އަވަށް |
7360030 |
4 |
ފޭދޫ އަވަށް |
7360031 |
5 |
ހުޅުދޫ އަވަށް |
7360032 |
6 |
މީދޫ އަވަށް |
7360034 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޝަޢުބާން 1445
10 މާރިޗް 2024