ދިވެހިރާއްޖެ
އިޢުލާން
ހިތަދޫ ބަނދަރު ސަރަޙައްދުގައި ހުރި ކުރީގެ މަގަވަރި ހޮޓާ ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަޙައްދުގައި ހުރި ކުރީގެ މަގަވަރި ހޮޓާ ހިންގި ޢިމާރާތުގައި ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމާއި، މަޢުލޫމާތު ކަރުދާހާއި، ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:
# |
ތަފްޞީލް |
ތާރީޚް، މުއްދަތު އަދި ގަޑި: |
ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ.
|
12 މާރިޗް 2024އިން 20 މާރިޗް 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 13:00އަށް |
މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ޢިމާރާތް ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ.
|
12 މާރިޗް 2024އިން 20 މާރިޗް 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 13:00އަށް |
ބީލަން ހުށަހެޅުން |
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
|
28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 |
މި ޢިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ޢިމާރާތާއި ޢިމާރާތް ހިމެނޭ ބިމުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
29 ޝަޢުބާން 1445
10 މާރިޗް 2024