ދިވެހިރާއްޖެ
ނ. ވެލިދޫ " ހީރާވިލާ " ގޯތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- 4 ބުޑު ކޮންކްރީޓް (1350mm x 800mm x 250mm ގެ) ނަގައި އުކާލުން
- 4 ތަނބު (10' × 200mm x 200mm ގެ) ކަނޑައި އުކާލުން
- 40 ފޫޓް ފައުންޑޭޝަން (350mm x 200mm ގެ) ކަނޑައި އުކާލުން
- 4 ބުޑު ކޮންކްރީޓްކުރުން (1350mm x 800mm x 250mm ގެ، 10mm ދަގަނޑުން 150mm ން ނެޓް ބަނދެގެން)
- 4 ކޮލަމް (ތަނބު) ކޮންކްރީޓްކުރުން ('10 x 200mm x 200mm ގެ، 12mm ގެ 4 ދަގަނޑުލައި 150mm ން ރިންގް އަޅުވައިގެން)
- 42 ފޫޓު ފައުންޑޭޝަން ކޮންކްރީޓްކުރުން (350mm x 200mm ގެ، 12mm ގެ 6 ދަގަނޑުލައިގެން، 150mm ން ރިންގް އަޅުވައިގެން)
- 480 އަކަފޫޓު ރޭނުން (5" ގެ އެޅިގަލުން)
- 480 އަކަފޫޓު ސިމެންތިޖެހުން (10mm ރަފްކޯޓު ޖެހުމަށްފަހު، 10mm ބޯމިނުގައި ރާއްޖެވެލިން ސިމެންތިޖެހުން)
މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިސައްކަތްކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 05 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.