ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2024/12
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 06 ފެބުރުވަރީ 2024 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރާއި ބޮނބިތައް ނަގާ ސާފުކުރުން

އިޖްތިމާޢީ ސަރަޙައްދު ސާފުކުރާ ފަރާތްތަކުން  ރަށުގެ ވަށައިގެން ސާފުކުރުމުގެ  މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިމަސައްކަތް ކުރަމުން ދާއިރު ބިންމަތީގައި ބަހައްޓާފައި ހުންނަ ، ދަރު، ބޮނބި، ލަކުޑި ފަދަ ތަކެތި 06 ފެބުރުއަރީ 2024 ގެ ނިޔަލަށް 1 ފޫޓަށް ވުރެ ތިރިނުވާނޭ ގޮތަށް ދުމަށި އަޅާ ، ދުމަށި މަތީގައި ބެހެއްޓެވުމަށް ދަންނަވަމެވެ. ދުމަށި އަޅަން ވާނީ މަގުތައް ނުހިމެނޭ ގޮތަށް ހިނގާމީހުންނާއި ދުއްވާތަކެއްޗަށް ދަތިނުވާގޮތަށް ދެކުނުފަރާތު ޢާއްމުކޮށް މީހުންދިރިނޫޅޭ ސަރަޙައްދުގައެވެ.  މިދެންނެވިގޮތާ ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތި އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ، ސާފުކުރާ ފަރާތްތަކުން ނައްތާލަމުން ދާނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.                 

28 ޖަނަވަރީ 2024