ދިވެހިރާއްޖެ
ތިރީގައި އެވަނީ 22 ޖަނަވަރީ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 4 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
1) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުންމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/295 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް އެންމެ މަތިން މާރކްސް ލިބިފައިވާ މުޙައްމަދު ސަޢީދު އަބްދުއް ރަޙްމާން (ދިލްކުޝާގެ / ޅ. ނައިފަރު) އަށް ބިން ނަންބަރު 36/08 އެވޯޑްކުރަން ފެންނަކަމަށް ނިންމުން.
2) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުންމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/295 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް އެންމެ މަތިން މާރކްސް ލިބިފައިވާ އައި ކިޔު ޔޫ ބްރަދާސް ޕްރައިވެޓް ލިމިޓެޑަށް ބިން ނަންބަރު CC , DD އެވޯޑްކުރަން ފެންނަކަމަށް ނިންމުން.
3) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުންމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/295 އިޢުލާނާ ގުޅިގެން، އެންމެ މަތިން މާރކްސް ލިބިފައިވާ 3 ފަރާތާއި، ދެވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތުން މި ބިމުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތަކީ، ބީލަން ކަރުދާހުގައި މި ބިމުގައި ކުރެވޭނެ މަސައްކަތް ތަކުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތަކަށް ނުވާތީ، އެ ފަރާތްތަކަށް ބިން އެވޯޑް ކުރަން ނުފެންނަ ކަމަށާއި 3 ވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ ހެއިޒޯލް އަށް ބިން ނަންބަރު AA2 އެވޯޑްކުރަން ފެންނަކަމަށް ނިންމުން.
4) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުންމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/295 އިޢުލާނާ ގުޅިގެން، އެންމެ މަތިން މާރކްސް ލިބިފައިވާ 2 ފަރާތާއި، ދެވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތުން މި ބިމުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތަކީ، ބީލަން ކަރުދާހުގައި މި ބިމުގައި ކުރެވޭނެ މަސައްކަތް ތަކުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތަކަށް ނުވާތީ، އެ ފަރާތްތަކަށް ބިން އެވޯޑް ކުރަން ނުފެންނަ ކަމަށާއި 3 ވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ ހެއިޒޯލް އަށް ބިން ނަންބަރު BB3 އެވޯޑްކުރަން ފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
24 ޖަނަވަރީ 2024