ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2023/59
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 10 ޖަނަވަރީ 2024 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
19 ވަނަ "ލިޓްލް ލޭޑީސް، ލިޓްލް ޖެންޓަލްމަންޓް" އިންޓަރނޭޝަނަލް ޗިލްޑްރަންސް ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމުގެ ފުރުޞަތު

2024 އޭޕްރިލް މަހުގެ 24 ން 29 ށް ތުރުކީގެ، ޓާކިޝް ތިއޭޓަރސް އިން އިންތިޒާމްކުރައްވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ "ލިޓްލް ލޭޑީސް، ލިޓްލް ޖެންޓަލްމަންޓް" އިންޓަރނޭޝަނަލް ޗިލްޑްރަންސް ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އަށް ވަނީ ލިބިފައެވެ. އެގޮތުން މިފެސްޓިވަލްގައި ބައިެރިވާ ފަރާތްތަކަށް ބެޑް އެންޑް ބްރެކްފަސްޓާއި އެކު ލޯކަލް ޓްރާންސްޕޯޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ އަންގާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތްތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 10 ޖެނުއަރީ 2024 ގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވައި އެކަން މިސެންޓަރުގެ މެއިލް [email protected] އަށް ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތު މި އިޢުލާންއާއެކު ހިމަނާލެވިފައި އެވަނީ އެވެ. އަދި ތިރީގައިވާ ލިންކް މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ.

https://www.devtiyatro.gov.tr/DevletTiyatro/en/festivalDetay/50?a=ankara,-little-ladies,little-gentlemen-international-children-s-theatre-festival#

07 ނޮވެންބަރު 2023